14 Apr 2015, 10:24
އެންކަރ ކިރު ހުސްކުރި ދަޅަކަށް ލާފައި މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާ ވަޅުލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޑޮކްޓަރުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ރޭގެ ވަގުތެއްގައި އެކުއްޖާ ވަޅުލާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކިރު ދަޅަކަށްލާފައި އެއްލާލާފައި އޮއްވައި އިއްޔެ ފެނުނު ތުއްތު ކުއްޖާއަކީ ފިރިހެން ކުއްޖެއް ކަމަށާއި އަދި އެކުއްޖާ އަކީ ބަނޑަށް ހަ މަހުގައި މަރުވެފައި އޮތް ކުއްޖެއް ކަމަށެވެ.
އެކުއްޖާގެ މަރާ ގުޅޭ އިތުރު ތަފްސީލު ހާމަ ކުރެވޭނީ ޑޮކްޓަރުގެ ރިޕޯޓު ލިބުމުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މަރުވެފައި އޮތް ތުއްތު ކުއްޖާ ފެނުނީ، ޒުވާނުންގެ މަރުކަޒާ ދިމާލު މޫދު ސަރަހައްދުން އިއްޔެ މެންދުރު ފަހު އެ ސަރަހައްދުގައި ބޯވާނެގުމަށް ފީންނަ އުޅުނު ޒުވާން ދެކުއްޖަކަށެވެ.
ސަންގެ ނޫސްވެރިން އެތަނަށް ދިޔައިރު ފުލުހުން ވަނީ އެ ކުއްޖާ ދަޅުން ނަގައި ފުޅިމަދު ފޮއްޓަކަށް ލައިފައެވެ. އަދި ފޮށިގަނޑު ތެރޭގައި ކުއްޖާ އޮތްގޮތަށް ބަލާއިރު އެއީ އިއްޔެ ދަޅަކަށްލާފައި އޮތް ކުއްޖެއްކަމަކަށް ނުބެލެވެއެވެ.