13 Apr 2015, 22:12
އައްޑޫގައި މިރޭ ޖިޕަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޖިޕު މަޑުނުކޮށް ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިރޭ ވިދާޅުވީ މިރޭ 8:50 ހާއިރު އައްޑޫ ހައި ސުކޫލުއާ ދިމާ ލިންކު ރޯޑުގައި އެއްކޮޅަށް ދުއްވާފައި ދިޔަ ޖިޕަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ފިރިހެނަކަށާއި އަންހެނަކަށް އަނިޔާވި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ދެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުވުމުން ޖިޕުގައި ތިބި މީހުން ފިލާފައިވާ ކަމަށެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ
މިފަހަކަށް އައިސް އައްޑޫގައި ދަނީ އެކްސިޑެންޓުތައް އިތުރުވަމުންނެވެ. އަދި މިފަހަކަށް އައިސް އައްޑޫގައި ހިނގާދިޔަ އެކްސިޑެންޓުތަކުގައި ބައެއް ޒުވާނުން ވަނީ މަރުވެފަ އެވެ.