ދެ ވަނަ ފަހަރަށް އާއިލާއަށް ފިލައިގެން އުޅޭ 16 އަހަރުގެ އަންހެން ކުއްޖާ އާއިލާއާ ހަވާލުވެއްޖެ އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:45 އެހާކަށްހާއިރު އާއިލާއަށް ފިލާފައި ވަނީ މާލެ ދަފްތަރު އައިޝަތު ހަނާނު 16، ކަމަށެވެ. އެ ކުއްޖާ އަމިއްލައަށް ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަނާން އެންމެ ފުރަތަމަ އާއިލާއަށް ފިލާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެފަހަރު ހަނާން ހޯދުމަށް އިއުލާން ކުރިތާ ދެތިން ދުވަހުގެ ތެރޭގައި އާއިލާއާ އަނބުރާ އޭނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އާއިލާއަށް ފިލައިގެން އުޅޭ ކުދިން ހޯދަން ފުލުހުން ފޮޓޯ އާއްމު ކުރާ އިރު، އެފަދަ މައްސަލަތަކުގައި ގިނައިން އުޅެނީ 18 އަހަރު ނުފުރޭ ކުޑަ ކުދިންނެވެ.