13 Apr 2015, 12:36
ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓުރޯލުނުވެގެން ގޮސް ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ކޮންޑުހުޅު ބިނދިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަޖީދީމަގު ހިނާމާގެ ކައިރިން ރޭ 1:00 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި، އެމީހާގެ ކޮނޑުހުޅު ބިންދައިގެން ގޮސް ފައިގެ އިނގިއްޔެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް އެމީހާއަށް ކުދިކުދި އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެމީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައިދިޔަ މީހާގެ ސައިކަލު އެކްސިޑެންޓްވީ ކޮންޓްރޯލުނުވެ ގޮސް ޕާކުކޮށްފައި ހުރި އިތުރު ސައިކަލު ތަކެއްޖެހި ކަމަށެވެ. އެ އެކްސިޑެންޓްގައި އެމީހާ ދުއްވި ސައިކަލުގެ އިތުރުން ޕާކުކޮށްފައި ހުރި އިތުރު ދެ ސައިކަލާއި ދެ ކާރަކަށް ގެއްލުންވެފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.