13 Apr 2015, 10:00
އެމްޑީޕީ މެންބަރުން ގެންގުޅުއްވާ ދުންމާރިތަކާއި އަޑުގަދަކުރާގެ އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ފެށިގެން ކުރިއަށް އެބަދެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަދު ފެށުނުކަން އިއުލާން ކުރި ހިސާބުން ސަރުކާރާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ދަނީ މަޖިލީހުގައި ދުންމާރިއާއި އަޑުގަދަކުރާ ބޭނުންކުރަމުންނެވެ. އަދި މަޖިލީހުގެ ރިޔާސީ މޭޒުކޮޅާއި މަޖިލީހުގެ އިދާރީ މޭޒު ކައިރީ ތިބެގެން އިހްތިޖާޖުކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމާއި ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ގެންނަ އިސްލާހަށް ބަހުސް ކުރުން ހިމެނެއެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަސް ހުޅުވި ޖަލްސާއިން ފެށިގެން އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަމުން ނެވެެ.
އެފަރާތްތަކުން ބުނަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލިސް ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.