ބާސްކެޓްގެ ނޭޝަނަލް ރެފްރީ ކޯހެއް މާދަމާ ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބާސްކެޓް އެސޯސިއޭޝަނުން ބުނެފި އެވެ.

ބާސްކެޓް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އާމިރު ވިދާޅުވީ މާދަމާ މެންދުރުފަހު 3 ޖަހާއިރު ފަށާ ކޯހުގައި 18 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

"މީގެ ތެރޭގައި ރެފްރީންގެ ތެރޭގައި ހިމެނޭ ޖޫނިއަރ ފަރާތްތަކާއި އަދި އަލަށް މިކަމުގެ ތެރެއަށް ވަންނަ ފަރާތްތައްވެސް ހިމެނޭ." އަބްދުﷲ ވިދާޅުވިއެވެ.

މާދާމާއިން ފެށިގެން މިމަހުގެ 27ގެ ނިޔަލަށް ކުރިއަށްދާ ކޯހުގައި ކިޔަވާދޭނީ ފީބާގެ އިންސްޓްރަކްޓަރެކެވެ. ކުލާސްތައް އޮންނާނީ ވައިއެސްޑީގެ އިތުރުން ޒުވާނުންގެ މަރުކަޒުގައެވެ.