22 Feb 2011, 14:55
ނަވާވީސް ވަނަ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ކުޅުން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު ދެމެޗުން މޮޅުވެގެން ތާވަލުގެ ކުރީގައި އޮތީ އޮފް އެފް ސީއާއި ހިންނަވަރު ހިރިޔާ އެވެ.
މިދިޔަ އަހަރުގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރާ ހިރިޔާ ވަނީ މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ 4 ޕޮއިންޓް ހޯދާފައެވެ. އޮފް އެފް ސީވެސް ވަނީ ދެމެޗުން މޮޅުވެ 4 ޕޮއިންޓް ހޯދާފައެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާ މާލޭ ސްޕޯޓްސް 1 މެޗުން މޮޅުވެފައިވާއިރު ބީޖީ އާއި ވިޔަންސާ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައެވެ. މުބާރާތުގައި ކުޅެން ޖެހޭ 11 މެޗުގެ ތެރެއިން މިހާތަނަށް ކުޅެފައިވަނީ 5 މެޗެވެ.
މި މުބާރާތުގެ ފައިނަލު ކުޅެން ސެޑިއުލްކޮށްފައިވަނީ އަންނަމަހުގެ 12 ވަނަ ދުވަހު އެވެ.