އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރުކުރި 15 ދުވަސް ހަމަވުމުން އޭނާ ދޫކޮށްލައިފިއެވެ.

ދީދީގެ ބަންދަށް މިދިޔަ މަހު 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާއިރު އެމުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ ދީދީ ދޫކޮށްލާފައިވަނީ އިއްޔެ ކަމަށެވެ. އޭނާ ދޫކޮށްލީ ކޯޓަށް ނުގެންގޮސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދީދީ ފަހުން ހައްޔަރުކޮށްފައިވަނީ އެއްވުންތަކަށް ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލުމުން އެއްވުމަކަށް ދިއުމުންނެވެ.

އެއްވުންތަކަށް ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލުމުން ދީދީ ވިދާޅުވީ، އެއްވުންތަކަށް ނުދިޔުމަށް ކޯޓުން ޝަރުތު ނުކުރެވޭނެ ކަމަށާއި މުޒާހަރާއިން އޭނާ ހައްޔަރު ކުރުމުން ފުލުހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.