11 Apr 2015, 12:03
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކު ހއ. އިހަވަންދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 150 ސެލޯފިންކޮޅާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހުގެ މެންދުރު އެކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން އިހަވަންދުއަށް ދިޔަ ބޯޓަކުން ގެންދިޔަ ފޮށިގަނޑެއް ހިފައިގެން ގޮސް އެރަށު ފަޅު ގޯއްޗެއްގެ ކެޔޮގަސްތަކެއްގެ ތެރޭގައި ފޮރުވުމަށްފަހު އެގޯތިން ނުކުމެގެން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި އެކުއްޖާ ފޮރުވި ފޮށިގަނޑު ބަލައިފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މިމައްސަލަ އާއި ގުޅިގެން އެކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވަނީ ގޭބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް މި ދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތެއް ދީފައެވެ.