އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ކުޑަ ކުއްޖަކާ މެދު އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ ކުއްޖާއަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައި ވަނީ އދ. އަތޮޅު ރަށަކުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 44 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ތިން ވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުނެ އެވެ.

ކުޑަ ފިރިހެން ކުއްޖާއާ މެދު އެއް ޖިންސުން ގުޅުން ހިންގާފައި ވަނީ މީހުން ނޫޅޭ ސަރަހައްދަށް ގެންގޮހެވެ.