09 Apr 2015, 11:11
މާލޭގައި ސިޔާސީ ހަރަކާތްތަކަށް ހިންގުމަށް ވަކި އުސޫލެއްގެ ދަށުން ބިން ދޫކުރަން ނިންމާފައިވާ ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ "ޝެޑިއުލް ކުރެވިގެން" ހުރިހާ ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ޝެޑިއުލް ކުރެވިގެން ސިޔާސީ ޕާޓީތަކަށް ދޫކުރަން ނިންމާފައިވާ ބިންތަކަކީ އާންމުކޮށް ސިޔާސީ ހަރަކާތްތަކަށް ދޫކުރާ ބިންތަކެވެ. އެއީ އާޓްފިޝަލް ބީޗާއި ކާނިވާ ސްޓޭޖު ސަރަހައްދެވެ.
Hamajehifaivaa usoolaai eggoi vaa gothuge mathin siyaase party thakah jalsaa baavvan artificial beach adhi Carnival sarahahdhu libeyne.
— Dr.Mohamed Muizzu (@MMuizzu)
ފެބްރުއަރީ 16، 2015، އިން ފެށިގެން ސިލްސިލާކޮށް ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން ދަނީ މާލޭގައި އިހްތިޖާޖު ކުރަމުންނެވެ. އެ އިހްތިޖާޖުގެ ބޭނުމަށް ބައެއް ރޭތަކުގައި އާޓްފިޝަލް ބީޗު ބޭނުންކުރެ އެވެ.