ވެލައްސަރު ރިސޯޓު ކައިރިން ދަތުރުކުރި ދޯންޏަކަށް ލޯންޗެއްގައި ދިޔަ ބަޔަކު އަރައި އެގައިތިބި ހަތަރު މީހުންގެ ނުރުހުމުގައި މާލެ ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރު ހިނގި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ބަޔަކުގޮސް އެރި އެ ދޯނީގެ ވެރިފަރާތަކީ ކޮބައިކަމާ މެދު ސުވާލު އުފެދިގެން އެ މައްސަލަ ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

އެ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އެ ދޯނި ވަކި ބަޔަކާ ކޯޓުން ވަނީ ހަވާލުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދޯނީގައި ތިބި މީހުން މޫދަށް އެއްލާލާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުގައިކޮށްފައިވީނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.