އާއްމުން ބޭނުންވާ ކަންކަން ހޯމް މިނިސްޓަރަށް ހުށަހެޅުމަށް ހޮޓް ލައިނެއް ގާއިމްކޮށްފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ "މިނިސްޓަރުގެ ސަމާލު ކަމަށް" އެެއްވެސް ކަމެއް ގެންނަން ބޭނުންވާ ނަމަ 1515 އަށް މެސެޖު ކުރުމުން އެ ކަމަކަށް މިނިސްޓަަރު ޖަވާބު ދާރީ ވެވަޑައިގެންނަވާނެ ކަމަށެވެ.

މިއަދު އަލަށް ތައާރަފް ކުރި މި ޚިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެެ އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ އެފަދަ ނަމްބަރެއް ގާއިމް ކުރުމުގެ ބޭނުމަކީ ހޯމް މިނިސްޓްރީން އަންގަން ޖެހޭ އެނގުންތައް އެނގުމަށާއި މިނިސްޓަރާއި އާއްމުން މެދުގައި އޮތް ގުޅުން އިތުރަށް ރަނގަޅު ކުރުން ކަމަށެވެ.

"އާއްމުންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކަށް މިނިސްޓްރީން ޖަވާބު ދާރީވެވަޑައިގެންނަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.