08 Apr 2015, 09:15
ކޮންމެ 10 މީހަކުން އެކަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކިޑްނީގައި ހިލަ އުފެދި އެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭ މީހެކެވެ. ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިވުމަށް ގިނައިން ދިޔާތަކެއްޗާއި ފެން ބުއިމަށް ސިއްހީ މާހިރުން ލަފާ ދެއްވައެވެ.
ކިޑްނީ ހިލައަށް ފަރުވާގެ ޖޫސް ތައްޔާރު ކުރާނެ ގޮތް
ބޭނުން ވާނެތަކެތި
1 އޮރެންޖު، ތޮށި މަށާފައި
- 1 އާފަލު
- 1 ލުނބޯ
- 4 ފޮތި ކަރާ
- 4 އައިސް ކިއުބް
މިހުރިހާ މޭވާއެއް އެއްކޮށްލުމަށް ފަހު ކުޑަ ފެން ފޮދެއް އަޅާފައި ރަނގަޅަށް 'މިކްސް' ކޮށްލާށެވެ. އޭރުން ޖޫސް ތައްޔާރު ވީ އެވެ. މިހުރިހާ މޭވާއެއްގެ ތެރެއިންވެސް ކަރައަކީ ކިޑްނީގައި ހިލަ އުފެދޭ މީހުން ކެއުމަށް ނުވަތަ ޖޫސް ހަދައިގެން ބުއިމަށްވެސް އެންމެ ފައިދާ ހުރި އެއް މޭވާއެވެ. ސަބަބަކީ އެހެން ހުރިހާ މޭވާ އަކަށްވުރެ ގިނައިން ކަރާގައި ފެން އެކުލެވޭތީ އެވެ. ކިޑްނީގައި ހިލަ އުފެދޭ މީހުން ގިނައިން ފެން ބުއިމުގެ އިތުރުން ދުވާލަކު މީގެ އެކެއް ނުވަތަ ދެ ޖޫސްތަށި ބޯލާށެވެ. ކިޑްނީގައި ހިލަ ހުއްނަ މީހުންނަށް ފަރުވާއަކަށް ވެގެންދާނެއެވެ.
މަތީގައި ފާހަގަކޮށްލި ޖޫހުގެ އިތުރުން ކިޑްނީގައި ހިލަ އުފެދުމުން ދުރުވުމަށް ކެއުމުގައި ބޭނުން ކުރުން ރަގަޅު ނޫން ތަކެތި މި ލިޔުމުގައި ހިމަނާލާނަމެވެ.
ގިނައިން އޮކްސެލޭޓް އެކުލެވޭ ކާނާ ނުކެއުން

ކިޑްނީގައި ހިލަ އުފެދޭ މީހުން ގިނައިން އޮކްސެލޭޓް އެކުލެވޭ ކާނާ ނުކެއުމަށް ސިއްހީ މާހިރުން ލަފާ ދެއްވައެވެ. އޭގެތޭރޭގައި ޕީނަޓްސް، އާމަންޑްސް، ކެޝޫސް، ހެޒްލް ނަޓް، ސޯޔާ ބީންސް، ސޯޔާ މިލްކް، ވީޓް ޖާމް އެންޑް ވީޓް ބްރޭން، ކަޅު ސައި، ކައްޓަލަ އަދި ޗޮކްލެޓްގެ އިތުރުންވެސް ގިނަ ތަކެތި ހިމެނެއެވެ.
ޖަނަވާރުންގެ މަހުންް އުފައްދާ ކާނާ މަދުކުރުން

ކިޑްނީގައި ހިލަ އުފެދޭ މީހުން ޖަނަވާރުގެ މަހުން ނުވަތަ ޖަނަވާރުގެ ބިހުން އުފައްދާ އެއްވެސް ކާނާއެއް ނުކެއުމަށް ސިއްހީ މާހީރުން ލަވާ ދެއްވައެވެ. އޭގެ ތެރޭގައި ކަނޑުމަސް، ގެރިމަސް، ކުކުޅުމަސް، އަދި ކުކުޅު ބިސް ވެސް ހިމެނެއެވެ.
އިތުރު މައުލޫމާތު: ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަ ދިމާވާނަމަ ނިދުމުގެ ކުރިން ފެން ތައްޓެއް ބޯލާށެވެ. އަދި ނިދާފައި ދަންވަރު ހޭލެވިއްޖެ ނަމަ ނުވަތަ ނިދާ ހޭލައިގެންވެސް ފެން ތައްޓެއް ބުއިމަށް އާދަކުރާށެވެ.