އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރެއްގެ އަގުން 65 ލާރި, ޕެޓްރޯލް ލީޓަރެއްގެ އަގުން 55 ލާރި އަދި ކަރާސީން ލީޓަރެއްގެ އަގުން 3.50ރ. ބޮޑު ކޮށްފި އެވެ.

މިއީ މި އަހަރު ތެރޭ އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ތެލުގެ ބާވަތްތަކުގެ އަގަށް ބަދަލު ގެނައީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

އެސްޓީއޯ އިން ބުނީ ތެޔޮ ވިއްކާ އަގަށް ބަދަލު ގެންނަން ޖެހުނީ އެސްޓީއޯ އަށް އެންމެ ފަހުން ލިބިފައިވާ ޑީސަލާއި ޕެޓްރޯލް އަދި ކަރާސީން ޝިޕްމަންޓްގެ އަގަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.

އެ ބަދަލާ ގުޅިގެން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 11.65ރ. އަށް އަދި ޕެޓްރޯލް ލީޓަރެއް 11.80ރ. އަށް ވިއްކާ އިރު، ކަރާސީން ލީޓަރެއްގެ އަގު މިހާރު އުޅެނީ 11:50ރ. އަށެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރަމުން އަންނަ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ވެސް ވަނީ ދާދިފަހުން ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކޮށްފަ އެވެ.