22 Feb 2011, 10:14
ކްރިސްޗާޗް: ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސް ގިނަ ޢިމާރާތްތަކެއް ވެއްޓުމުގެ ސަބަބުން އެތަށް ބަޔަކު މަރުވެ ގިނަޢަދަދެއްގެ ބަޔަކު ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތިއްބެވެ.
ރެކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައި މިބިންހެލުން އައިސްފައިވަނީ ނިއުޒިލޭންޑްގެ ކްރިސްޗާޗް އަށެވެ. މިއީ އެޤައުމުގެ އެންމެ ދެކުނުގެ ޖަޒީރާގެ ރަށެކެވެ. މިބިންހެލުމުގެ މަރުކަޒު ހުރިކަމަށްވަނީ ކްރިސްޗާޗްގެ ބިމުގެ އަޑީގެ 5 ކިލޯމީޓަރު ފުނުގައެވެ.
މި ބިންހެލުމުގެ ސަބަބުން ލިބުނު މާއްދީ ގެއްލުންތައް ވަރަށް ބޮޑުކަމަށާއި މަރުވެ ޒަޚަމްވާނެ ކަމަށް ބެލެވޭ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑުވާނެ ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. ކްރިސްޗާޗްގެ ގޯލްޑް ގިނިސް ޢިމާރާތް ވެއްޓުމުގެ ސަބަބުން ހަމައެކަނި އެޢިމާރާތުގެ ދަށުގައިވެސް 150 މީހަކު ތަށިވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މަރުވި މީހުންގެ ފުރިހަމަ ޢަދަދެއް އަދި އެނގިފައެއް ނުވެއެވެ. ނިއުޒިލޭންޑްގެ ސަރުކާރުންވަނީ މިޙާދިޘާއާގުޅިގެން ޤައުމުގައި ކުއްލި ޙާލަތު އިޢްލާން ކޮށްފައެވެ. ނިއުޒިލޭންޑްގެ ފުލުހުން މި ބިންހެލުން ސިފަކޮށްފައިވަނީ ބޮޑު ކާރިޘާއެއްގެ ގޮތުގައެވެ. -- ބީ.ބީ.ސީ