އަތޮޅުތަކުގެ 10 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 39 ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވި ހަމައެކަނި ފަރާތް މެޖިސްޓްރޭޓް ކަމުގެ ހުވާ ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނ. މަނަދޫ ކޯޓުގެ މެޖިސްޓްރޭޓު ކަމަށް އައްޔަން ކުރައްވާފައި ވަނީ އެރަށު ގަސްކަރަ ހުސްނީ މުބާރިކު އެވެ.

އޭނާ އަށް ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުސްނީ ބުރާރަކު ހުވާ ކުރެއްވުމާ އެކު އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އޭނާއަށް މެޖިސްޓްރޭޓްކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފަ އެވެ.

ފަނޑިޔާރު ކަމުގެ ހުވާގައި ހުސްނީ މުބާރިކު ސޮއިކުރައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

މެޖިސްޓްރޭޓުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 18500 ރުފިޔާ ލިބޭއިރު އިސް މެޖިސްޓްރޭޓަކަށް 21000 ރުފިޔާގެ މުސާރައެއް ލިބެއެވެ. އަދި މުސާރައިގެ އިތުރުން ލިވިން އެލަވަންސާއި ރިސްކު އެލަވަންސު ވެސް މެޖިސްޓްރޭޓުންނަށް ލިބެއެވެ.