ހެންވޭރު ގެއެއްގެ ތެރޭގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ، އުމުރުން 40 އަހަރުގެ މީހަކު އަމިއްލަ އަށް މަރުވި މައްސަލައެއް ފުލުހުންނަށް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ ތުހުމަތު ކުރެވޭ އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު އޭނާގެ ހަށިގަނޑު ވަޅުލުމުގެ ހުއްދަ އާއިލާއަށް ދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.