06 Apr 2015, 14:00
ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މާލެއަށް ބަނގުރާ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ އުމުރުން 36 އަހަރުގެ ސްރީލަންކާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން އިއްޔެ އިރު އޮއްސި 6:00 ހާއިރު ހިންގި އޮޕަރޭޝަން ގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދަނިކޮށް 36 އަހަރުގެ މީހާ ބަނގުރާ ފުޅިތަކަކާއެކު ހައްޔަރު ކޮށްފައި ވަނީ މ. ގިނަވެލިގޭގައި ހުންނަ “ޔޯމަން އެޖެންސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” ގެ ގުދަނެއްގެ ތެރެއިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ގުދަނަކީ ބިދޭސީއެއްގެ ނަންމަތީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އެތަން ހިންގުމާއި މިވަގުތު އިސްކޮށް ހުރީ ދިވެއްސެއް ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައިފާސްކުރި އިރު އެތަނުން ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.