މާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 11:00 އެހާކަންހާއިރު މއ. ކޫލިންވިލާ ކައިރީ ހިނގި އެ ހާދިސާގައި ޒަޚަމްވެފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޒަޚަމްވި މީހާ އަކީ ށ. ފުނަދޫ ޖަނަވަރީމާގޭ އިބްރާހީމް ނާފިޒު އެވެ.

އޭނާއަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.

ފުލުހުން ބުނީ، އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ނޭނގޭ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިކަމާބެހޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.