ޓޮމާޓޯ ޗިކަން ސެލެޑް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި

- 1/2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

- 2 ލޮނުމެދު ޗަސްކޮށްފައި

- 1/2 ސަމުސާ ކުދީނާ ފަތް

- 1/4 ސަމުސާ ލޮނު

- 1/4 ސަމުސާ އަސޭމިރުސް

- 1/8 ސަމުސާ މުގުރި މިރުސް

- 1/2 ޖޯޑު ނޮން ފެޓް ޕްލެއިން ޔޯގަޓް

- 3 ޖޯޑު ކެއްކި ކުކުޅު ކުދިކޮށް ކޮށާފައި

- 1 ޖޯޑު ފެހި ފިޔާ ތުނިކޮށް ކޮށާފައި

- 1/2 ޖޯޑު ގްރީން ބެލް ޕެޕަރ ކުދިކޮށް ކޮށާފައި

- 1/2 ޖޯޑު ސެލެރީ ކުދިކޮށް ކޮށާފައި

- 2 ޖޯޑު ތާޒާ ޓޮމާޓޯ ކުދިކޮށް ކޮށާފައި

ހައްދަވާނެ ގޮތް

ލުނބޯ ހުތް ކޮޅާ އެކު ލޮނުމެދު، ކުދީނާފަތް، ލޮނު އަދި އަސޭމިރުހުގެ އިތުރުން މުގުރި މިރުސް ކޮޅުވެސް އެއްކޮށްލާށެވެ. އަދި އެއައް ފަހު އޭގެ ތެރެއަށް ޔޯގަޓް އަޅައި ރަނގަޅަށް އެއްކޮށްލާށެެވެ. އައަށް ފަހު ބާކީ ހުރި ތަކެތި ރަގަޅަށް އެއްކޮށްލާށެވެ. އޭރުން ސެލެޑް ތައްޔާރު ވީ އެވެ. ބޭނުން ނަމަ ވެހިކަން އެކުލެވޭ އިތުރު ތަރުކާރީގެ ބާވަތްތަށް ވެސް ބޭނުން ކުރެވިދާނެ އެވެ.

ސިއްހަތު ރަނގަޅު ތާޒާ ދުވަހަކަށް ދުވަސް ހެދުމަށް ޓޮމާޓޯ ޗިކަން ސެލްޑް އަކީ މުހިންމު އެއްޗެކެވެ.