21 Feb 2011, 18:05
މުލީ ބޭރުގައި އޮތް ސަފާރީއެެއްގައި ރޯވެ އަނދައި ހުލިވެ، އަޑިއަށް ހިނގައްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "ޕްރިޓޮމް" ކިޔާ އެ ސަފާރީ އަކީ މަރާމާތުކުރުމަށް މާލެއިން ރެސިންއާއި ފައިބަރު އަދި ފައިބަރ މެޓް ހިފައިގެން ލ. އަތޮޅަށް ދަތުރުކުރަމުންދިޔަ ސަފާރީ އެއް ކަމަށެވެ. ޖޭމިން ޓުއާސްގެ އެ ސަފާރީގައި ރޯވެ އަޑިއަށް ދިޔަ ގޮތަށް ސަފާރީ ފެންނަން ވެސް ނެތް ކަމަށެވެ.
މިއަދު 15:30 ހާކަންހާއިރު، މުއްޔާ 12 ވަރަކަށް މޭލު ބޭރުގައި ހިނގި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
ފުލުހުން ބުނީ ސަފާރީގައި ރޯވީ އިންޖީނު ރޯވެގެން ކަމަށާއި އޭރު އޭގައި ތިބި ދިވެހި ތިން ފަޅުވެރިން ސަލާމަތްވީ ޑިންގީއެއްގެ އެހީގައި ކަމަށެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ސަފާރީގައި ރޯވާން ދިމާވީ އިންޖީނުގައި އަލިފާން ހިފައިގެން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކުންފުންޏެއްގެ ސަފާރީއެކެވެ.