މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފި އެވެ.

ތ. ތިމަރަފުށި، ކަށިމާގޭ، މުޙައްމަދު ޙައްސާން،22، ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށް އިއުލާންކޮށްފަ އެވެ.

ފުލުހުން ބުނީ ހައްސާން ހޯދަމުން ދަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:05 އެހާކަންހާއިރު ޗާންދަނީމަގު ރީފްސައިޑު ކައިރީ މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް އޭނާ ހޯދުމަށް މަސައްކަތްކޮށް މިހާތަނަށް ހޯދައި ނުފެނިފައިވާތީ ކަމަށެވެ.

އެހެންކަމުން އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.