04 Apr 2015, 15:04
އދ. މާމިގިލީ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެ ރަށު "ސިލްވާ" ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މާމިގިލީ އެއާޕޯޓުގެ ފަޔާ ލޮރީއަކުން ދަނީ ފެން ޖަހަމުންނެވެ. އަދި އާންމުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ މާމިގިލީ ކައުސިލުން ބުންޏެވެ.
މާމިގިލީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުފީދު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ބަދިގޭގައި އުދާފައި ހުރި އެއްޗެއްގައި އަލިފާން ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.
އަލިފާނުގެ އެ ހާދިސާގައި ގޭގެ ސީލިންގާއި ބަދިގޭގައި ހުރި އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް މުފީފު ވިދާޅުވި އެވެ.