މާލޭގެ މަގުތައް ތަރައްޤީކުރުމަށް ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީ އިން ކުރިއަށް ގެންދާ އެ މަޝްރޫއުއަށް ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތި ލެވޭނެ ކަމަށެވެ.

މަސައްކަތުގެ ގާބިލުކަން ސާބިތުކޮށްދިނުމަށް ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލާއި އަދި އެފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާ ދައްކާ ޚަލާޞްކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއުއޮތޯރިޓީ (މީރާ) އިންދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔުރިޕޯޓް) ޕްރޮޕޯސަލްއާއެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ލިޔުން ވާންޖެހޭނީ ޕްރޮޕޯޒަލް ހުޅުވާ ތާރީޚުގެ ކުރިޔަށް 5 ދުވަހަށްވުރެ އިތުރު ނޫންތާރީޚެއްގެ ލިޔުމަކަށް ކަމަށް ވެސް ފިނޭންސުން ބުނެ އެވެ.

މިއަހަރަށް ދައުލަތުން ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ދަށުން މާލޭގެ މަގުތައް އަޕްގުރޭޑު ކުރުމަށްޓަކައި 3.75 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.