ފުލުހުންގެ ތަމްރީނުތައް ފަސޭހަކުރުމަށް މެރިން ފުލުހުން ފޮލިސް ޑައިވިން ސްކޫލެއް ހުޅުވައިފިއެވެ.

މިއަދު ދޫނިދޫގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެ ޑައިވިން ސްކޫލް ހުޅުވައިދެއްވައިފައި ވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.

އެ ރަސްމިއްޔާތުގައި ލޯންޗް ޑްރައިވިން ސްކޫލުގެ ދަސްވެނިވި ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަފަ އެވެ.

އެ ކޯހުގެ މުދައްރިސުންނަށް ބައިވެރިންގެ ފަރާތުން ވަނީ ހަނދަނީ ފިލާތަކެއްވެސް ބައިވެރިންގެ ފަރާތުން ހަވާލުކޮށްފައެވެ.

އެ ޑައިވިންގް ސްކޫލުގައި 19 ޑައިވިން ކިޓް އިންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ވާހަކަފުޅު ދައްކަވމުން ވިދާޅުވީ މިއަދު ހުޅުވޭ ސްކޫލަކީ އޭގެ ސަބަބުން ހަމައެކަނި ޕޮލިހުންނަށް ފައިދާ ކުރާނެ ތަނެއް ނޫން ކަމަށެވެ. ނަމަވެސް އެއީ މުޅި ޑައިވިންގް އިންޑަސްޓްރީއަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

ޑައިވިން ސްކޫލް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެގެން ދާނެ ކަމުގައިވެސް އުމަރު ވިދާޅުވެފައިވެއެވެ.

އެ ރަސްމިއްޔާތު ނިމުމަށްފަހު ހޯމް މިނިސްޓަރ އުމަރު އަދި ޕޮލިސް ކޮމިޝަނަރ ވަނީ ޑައިވިންގްއަށް ވަޑައިގެންފައެވެ.