ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުން ސްޓޭޓް މިނިސްޓާ އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވަކިކުރައްވައިފި އެވެ.

ކޮންޓްރޯލާގެ މަގާމުން އިލްޔާސް ވަކިކުރެއްވިކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވެވި ސިޓީ، މީގެ ކުޑައިރުކޮޅެއް ކުރިން ލިބިވަޑައިގެންފައިވާ ކަން އިލްޔާސް ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އިލްޔާސް ވިދާޅުވީ، އެ ސިޓީގައިވާ ގޮތުން އޭނާ ކޮންޓްރޯލާގެ މަގާމުން ވަކިކުރައްވައިފައި ވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން ޓްރާންސްޕޯޓް އެންޑް އެންވާރަމަންޓްގެ މަގާމަށް މިއަދުން ފެށިގެން އޭނާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

އިލްޔާސް ވިދާޅުވީ، ކޮންމެ އޮފީހެއްގެ ހުންނަވައިގެންވެސް ސަރުކާރަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި ސަރުކާރުން އިސްތިއުފާނުދެއްވާނެ ކަމަށެވެ.