ފޭސްބުކްމެދުވެރިކޮށް އަގުހުރި އިނާމުތަކެއް ލިބޭގޮތަށް މީޑިއާނެޓުން "ލައިކް އެންޑް ކޮމެންޓް"ގެ ނަމުގައި ޗެލެއްޖެއް ފަށައިފި އެވެ.

މީޑިއާނެޓުން މި އޭޕްރީލް މަހު އެއްވަނަ ދުވަހު ފެށި އެ ޗެލެންޖުގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ މީޑިއާނެޓްގެ ރަސްމީފޭސްބުކްޕޭޖަށް "ލައިކެއް" ކޮށްލުމެވެ. އަދި ލައިކް ކޮށްލުމަށްފަހު ޗެލެންޖު އިޝްތިހާރުކޮށް އެ ޕޭޖުން ކޮށްފައިވާ ޕޯސްޓަށް "ކޮމެންޓެއް" ކޮށްލުމުން ޗެލެންޖުގައި ބައިވެރިވެވުނީ އެވެ.

އެ ޗެލެންޖުގެ އިނާމުތަކުގެ ތެރޭގައި، ޗެލެންޖުގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ތިން ބައިވެރިއަކަށް ފްލައިމީން ދޭ ތިން ޓިކެޓާއި އިތުރު ދެ މީހަކަށް ނިކަ އައިލެންޑް ރިސޯޓުން ދޭ ވެކޭޝަން އަކާއި ތިން މީހަކަށް އެލް މޮބައިލްގެ ފަރާތުންދޭން ހަމަޖައްސާފައިވާ ތިން މޮބައިލް ފޯނު ހިމެނެ އެވެ.

މީޑިއާނެޓުން އިއްޔެ ފެށި ޗެލެންޖަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ޗެލެންޖު ކުރިއަށްދާ މުއްދަތުގައި އިތުރު އިނާމުތައް ހުށަހަޅާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

އެ ޗެލެންޖު ކުރިއަށް ދާނީ މި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.