02 Apr 2015, 15:21
ހައުސިން މިނިސްޓްރީން 2011 ވަނަ އަހަރު ދައުލަތުގެ މާލިއްޔަތު ގާނޫނުގެ އެކި މާއްދާ ތަކާ ޚިލާފަށް 68.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވި، ހައުސިން މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ ހައުސިން މިނިސްޓްރީން ހަތަރު މަޝްރޫއަކަށް ޚަރަދުކޮށްފައި ވަނީ މާލިއްޔަތު ގާނޫނުގެ އެކި މާއްދާތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި ހިމަނާފައި ނުވާ ކަންތައްތަކަށް ގާނޫނު އަސާސީގެ 96 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.
މާލިއްޔަތުގެ ގާނޫނުގެ އެމާއްދާއާއި ޚިލާފަށް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ށ. ފީވަކުގައި ރިވެޓްމެންޓް ޖެހުމަށް ޚަރަދު ކުރި 2.2 މިލިޔަން ރުފިޔާއާއި ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއަށް ޅަރަދުކުރި 10.1 މިލިޔަން ރުފިޔާއާއާއި އައްޑޫސިޓީގެ ތިން ރަށެއްގެ ބަނދަރު ހެދުމަށް ޚަރަދު ކުރި 56.6 މިލިޔަން ރުފިޔާއެވެ.