ވިކްޓަރީ ސްޕޯޓްސް ކްލަބަށް 40 އަހަރު ފުރުން ފާހަގަ ކުރުުމުގެ ގޮތުން ކުޅުދުއްފުއްޓަށް ކުރި ޒިޔާރަތުގައި އިއްޔެ ހަނިމާދުއާއި ދެކޮޅަށް ކުޅެ 6-0 ލަނޑުން މޮޅުވެއްޖެ އެވެ.

މިދަތުރުގައި ވިކްޓަރީ ވަނީ 3 މެޗު ކުޅެފައެވެ. މި ހުރިހާ މެޗަކުންވެސް އެޓީމު ވަނީ މޮޅުވެފައެވެ.

ވިކްޓަރީގެ މެނޭޖަރ އަޙްމަދު އަޔާޒު ރަޝީދު ބުނީ މިފަދަ ގިނަ ދަތުރުތައް ހަމަ ކުރަންވީ ކަމަށެވެ.

"މިދަތުރަކީ ވަރަށްވެސް ކާމިޔާބު ދަތުރެއް. ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުން. ތެދުތެދަށް ބުނަންޏާ މުޅި ކުޅުދުއްފުށި މިހާރު އޮތީ ވިކްޓަރީއަށްވެފައޭ ބުނަންޖެހޭނީ" އަޔާޒު ބުންޏެވެ.

ވިކްޓަރީ ޓީމު ފުރަތަމަ މެޗުގައި މުރައިދޫ އެކުވެރިންގެ ރޫޙާއި ވާދަކޮށް މޮޅުވީ 3-0 ލަނޑުންނެވެ. ދެވަނަ މެޗުގައި ކުޅުނީ ކުޅުދުއްފުށީ ޓީމާ ދެކޮޅަށެވެ. މިމެޗުން ވިކްޓަރީ މޮޅުވީ 3-1 ލަނޑުންނެވެ.

ވިކްޓަރީގެ ޓީމުވަނީ ކުޅުދުއްފުށީގައި އޮތް ކުޑަކުދިންގެ ކުޑަކުދިންގެ ހަވީރެއްގައި ބައިވެރިވެފައެވެ. މީގެ އިތުރުން ޓީމުގެ ކުޅުންތެރިން ނޮޅިވަރަމްފަރަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

ދަތުރަށް ފަހު ޓީމު އެނބުރި މާލެ އައީ ރޭގައެވެ.