މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑިއްޖެ އެވެ.

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މީޑިއާ އޮފިޝަލް ދެންމެ ސަން އަށް ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ފެންލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މާލޭގެ ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަސަލައަކާ ގުޅިގެން ފެނުގެ ޕްރެޝަރު ދަށްވެ މާލޭގެ ބައެއް ހިސާބުތަކަށް ޕްރެޝަރުގައި ފެނުގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ދިމާވާނެ،" އެމްޑަބްލިޔުއެސްސީގެ އޮފިޝަލް ވިދާޅުވި އެވެ.

އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަނބުރާ ފެން ލިބޭނެ އިރެއް ބުނަން އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.