01 Apr 2015, 15:45
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި މައްސަލައާ ގުޅިގެން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދާއި އެކު 15 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އެއް ފިރިހެނަކާއި 14 އަންހެނުންނެވެ.
ޝިފާގެ އިތުރުން ދައުވާ ކުރަން ފޮނުވާފައިވަނީ މ. ފެހިފަތްގެ، ޔުމްނާ އާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ އާއި މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅާއި ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރާއި މއ. ނާރިނގުގޭ މުހައްމަދު އިބްރާހީމް މަނިކު އާއި ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރާއި ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ އާއި މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދާ އާއިހ. ޓިވެގާލައިޓް ފަރީޝާ އަހްމަދާއި މ. ތަންތާރަ، އާމިނަތު ޒިމްނާ އާއި ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ އާއި މ. ނިރޮޅު، އާމިނަތު ޝާނީޒު ސައީދާއި ގ. ދުވާފަރު، އާއިޝަތު މަމްދޫހާގެ އިތުރުން މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދުގެ މައްޗަށެވެ.
ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މުޒާހަރާ ކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ރާއްޖޭގެ ވައި ބަނދަރުތައް ހިނެ އެވެ.