01 Apr 2015, 13:35
އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަޅުލާފައި އޮތް ކޯރާޑީ އެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ އެ ކޯރާޑީ ހޯދާފައި ވަނީ މިއަދު މެންދުރު 12:50 އެހާކަންހާއިރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ގަލޮޅު ޕޮލިސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކޯރާޑީ ފެނިފައިވަނީ އާޓިފިޝަލް ބީޗް ސަރަޙައްދު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެސަރަޙައްދުގައި ހުރި ޖޯލިފަތިތައް ކައިރީ އެއްޗެއް ވަޅުލާފައިވާ ކަން ފާހަގަކުރެވިގެން އެތަން ކޮނެ ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.