5 ވަނަ އެމް ބީ އޭ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ލަންކާގެ ކާލްޓަން އާއި ވާދަކުރާނެ ޓީމަކަށް ޓީރެކްސް ހޮވިއްޖެ އެވެ.

ރޭ ކުޅެވުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ހަރިކޭން އަތުން ޓީރެކްސް މޮޅުވީ 67-41 ޕޮއިންޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ ޒަކަރިއްޔާ އަބްދުއްލަތީފެވެ. އޭނާ ވަނީ ޓީމަށް 20 ޕޮއިންޓް ހޯދާދީފައެވެ.

މުބާރާތުގެ ފައިނަލަށް ޓީރެކްސް ހޮވުނީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެގެންނެވެ. ބަލިވީ ކާލްޓަން އަތުން އެކަންޏެވެ. ކާލްޓަން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކުޅުނު 3 މެޗުންވެސް މޮޅުވެގެންނެވެ.
މުބާރާތުގެ ފައިނަލަށް ކާލްޓަން އާއި ޓީރެކްސް ނުކުންނާނީ މާދަމާރޭ 9:30 ގައެވެ.