ރާއްޖޭގެ މިނިވަން ކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އަންނަ ހުުކުރު ދުވަހުގެ ރޭ ޙާއްސަ ދުޢާއެއް ކޮށް، ބަކަރި ކަތިލާ ގޮތަށް ހަމަޖައްސައިފި އެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އަންނަ ހުކުރު ދުވަހުގެ ރޭ އިޝާނަމާދު ކުރުމަށް ހަމަޖައްސާފައިވަނީ މާފަންނު ސްޓޭޑިއަމްގައި ކަމަށެވެ. ސްޓޭޑިއަމަށް އިޝާނަމާދަށް މީހުން ދިއުމަށް ހަމަޖައްސާފައި ވަނީ އެރޭ 6:45 ގަ އެވެ.

މިނިވަން ކަންމަތީގައި ރާއްޖެ އޮންނަތާ 50 އަހަރު ވުމާ ގުޅިގެން އެކަން ފާހަގަކުރުމުގެ ގޮތުން ކުރާ ޙާއްސަ ދުޢާ ކުރުމަށް ހަމަޖައްސާފައިވަނީ އެރޭ އިޝާނަމަށްދަށް ފަހު ސްޓޭޑިއަމްގައި ކަމަށާއި ދުޢާއަށް ފަހު ބަކަރި ކަތިލައި ޞަދަގާތް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުޢާކޮށްދޭނެ ވަކި ފަރާތެއް ހަމައެއް ނުޖެހޭ އެހެން ނަމަވެސް މިނިސްޓްރީން ކަނޑައަޅާ މީހަކު އެކަން ކުރާނީ. އެ ދުވަހު ކަތިލުމަށް ހަމަޖެހިފައިވާ ބަކަރިތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ވެސް ގެންދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މިނިވަން ފަންސާސް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މިހާތަނަށް އެންމެ ކުލަގަދަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ "ރައިވެރިބޭ ޖިހާދުގެ ފެތުމުގެ،" ހަރަކާތެވެ. އެ ހަރަކާތުގައި 1800 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.