ޅ. ދިއްފުށިމާދު އަށް ލައްގާފައި އޮތް ފިރިހެނެއްގެ ހަށިގަނޑު އެ ރަށަށް ދަތުރު ގޮސްގެން އުޅުނު ބަޔަކަށް ފެނިއްޖެ އެވެ.

ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ބުނީ މިއަދު ހެނދުނު 10:00 ޖަހާ އެހާކަންހާއިރު ދިއްފުށިމާދޫގެ ހުޅަނގަށް ލައްގާފައި ވަނީ ފިރިހެނެއްގެ ހަށިގަނޑު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެ، ހަލާކުވެފައި ކަމަށާއި އެހެންކަމުން އެއީ ދިވެއްސެއް ކަމެއް އަދި ބިދޭސީއެއްކަމެއް ވިދާޅުވާން ދަތި ކަމަށް އެ ސްޓޭޝަނުން ބުންޏެވެ.

ފުލުހުން ބުނީ ދިއްފުށިމާދު އަށް ފުލުހުންގެ ތަހުގީގީ ޓީމާ އެކު ޑޮކްޓަރެއް ވެސް ފޮނުވާފައިވާ ކަމަށެވެ.