31 Mar 2015, 09:16
ގޫގުލް ކުންފުނީގެ އާ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ރުތު ޕޮރަޓް އަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 70 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސީއެންއެން އިން ބުނެފި އެވެ.
މިއީ ރުތަށް އަހަރަކު ލިބޭ 650،000 ޑޮލަރުގެ މުސާރާއިގެ އިތުރުން ހިއްސާގެ ގޮތުގައި ލިބޭ އާމްދަނީ ވެސް ހިމަނައިގެން ލިބޭ މިންވަރެވެ.
މުސާރައަށް ބަލާއިރު ރުތުއަށް ގޫގްލް އިން ލިބެނީ ކުރިން މަސައްކަތް ކުރި މޯގަންސްޓަންލީއަށް ވުރެ ކުޑަ މުސާރައެކެވެ. މޯގަންސްޓަންލީގައި ރުތުގެ މުސާރައަކީ އަހަރަކު އެއް މިލިއަން ޑޮލަރެވެ.
ގޫގުލްގައި ރުތުއަށް މުސާރައިގެ އިތުރަށް ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރު ފަހުން 5 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ލިބޭނެއެވެ. އަދި ވަޒީފާގައި އުޅޭތާ ދެއަހަރުތެރޭ 25 މިލިއަން ޑޮލަރުގެ އަގުހުރި ހިއްސާ ރުތަށް ލިބޭނެ ކަމަށް ސީއެންއެން ބުނެއެވެ. އަދި އޭގެ ފަހުން ކޮންމެ ދެއަހަރުން އެއް އަހަރު 40 މިލިއަން ޑޮލަރުގެ އަގުހުރި ހިއްސާ ރުތުއަށް ލިބޭނެއެވެ.
ގޫގްލް އިން މިހާރު ނިންމާފައިވަނީ އެ ކުންފުނީގެ ބޮޑެތި މަގާމުގައި ތިބޭ މުވައްޒަފުންނަށް ފައިސާގެ ބޯނަސްގެ ބަދަލުގައި ހިއްސާއިން ބޯނަސް ދިނުމަށެވެ.
މިހާރު ހުރި ސީއެފްއޯ އާއި ރުތުއަށް ހުރިހާ މަސައްކަތެއް އޮމާންކަމާއިއެކު ހަވާލުކުރާނެ ކަަމަށް ގޫގްލް އިން ބުނެއެވެ.
ރުތު ވަޒީފާއަށް ނުކުންނަށް ފަށާނީ މޭ މަހުގެ 26 ވަނަ ދުވަހުއެވެ.