އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީން 40000 ޑޮލަރު ވަގަށް ނެގި މައްސަލާގައި ތުޙުމަތު ކުރެވޭ މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ފޮޓޯ އާންމުކޮށްފައި ވަނީ ސ.ހިތަދޫ މިޞްރުގަނދަކޯޅިމާގެ، އަޙްމަދު ޖަމީލް (38އ) އެވެ.

ފުލުހުން ބުނީ އަޙްމަދު ޖަމީލާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ފުލުހުންނާ ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނީ މި މާޗް މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލައާ ގުޅިގެން މި މާޗް މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު ކޯޓު އަމުރެއްގެ ދަށުން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.