29 Mar 2015, 22:53
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސާ މަރިޔަމް ޢަޒްރާ އަޙްމަދުގެ ކާރަށް ގެއްލުން ދީފިއެވެ.
އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ކޮމިޝަންގެ ރައީސާ އަޒުރާގެ ކާރުގެ ވިންޑް ސްކުރީން ތަޅާލާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ ގެއްލުން ދިނީ ކާރު ޕާކްކޮށްފައި އޮށްވައި ކަމަށް ވިދާޅުވިއެވެ.
""އިއްޔެގެ ދުވާލު ވަގުތު ގެއްލުންދިނީ، ޕާކްކޮށްފައި އޮށްވައި ބިއްލޫރިގަނޑު ތަޅާލާފަ ވަނީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ހުށައަޅައިފައިވާނެ ކަމަށެވެ.