އެއާ ކެނަޑާގެ މަތިންދާ ބޯޓެއް ކެނެޑާގެ ހަލިފެކްސް އެއާޕޯޓުގެ ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިފިއެވެ.

މި ހާދިސާގައި އެެއްވެސް މީހަަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ސީއެންއެން ބުނެއެވެ. އެހެންނަމަވެސް މި ބޯޓުން ދަތުރުކުރި 23 މީހުންނަށް ހޮސްޕިޓަލް ގެންގޮސް ސިއްހީމައްސަލައެއް ދިމާވެފައިވޭތޯ ޓެސްޓްކޮށްފައެވެ. މި ހާދިސާގައި ބޯޓުގެ ކުރީ ކޮޅާއި އެއް ވިންގަށް ކޮންމެ ވެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.

ރަންވޭއިން ކަހާލާފައިވަނީ އެއާ ބަސް A 320 މަރުކާގެ ބޯޓެކެވެ. މި ހާދިސާ ހިގަން ދިމާވި ސަބަބެއް އެއާ ކެނަޑާއިން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ބޯޓް ޖެއްސި ވަގުތު ވަރަށް ބޮޑަށް ސްނޯ ފޭބި ކަމަށް ސީއެންއެން އިން މައުލޫމާތުދެއެވެ.

މި ފްލައިޓް ދަތުރުކުރަމުން ދިޔައީ ޓޮރޮންޓޯ އިން ހަލިފެކެސް އަށެވެ. މި ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.