29 Mar 2015, 14:43
ަހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
އެ ދަތުރުފުޅުގައި ހައުސިންގް މިނިސްޓަރު ވަނީ އެއަތޮޅު ކިނަޅޮހަށާއި އިނގުރައިދޫ އާއި އުނގޫފާރާއި އިންނަމާދޫ އަދި ރަސްމާދޫއަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ އުމްރާނީ ތަރައްގީއާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެއިތުރުން އުނގޫފާރުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގް މިނިސްޓަރު ވަނީ ައަނގޮޅެތީމު ކައުންސިލާއި މީދޫ ކައުންސިލް އަދި މާކުރަތުގެ ރައްޔިތުންގެ ތެރެއިން ބަޔަކާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލްތަކުން ވަނީ އެރަށްރަށުގެ މިހާރުގެ ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމުގެ މައުލޫމާތު މިނިސްޓަރު މުއިއްޒު އަށް ހިއްސާ ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ކައުންސިލްތަކުން ވަނީ އެރަށްރަށުގެ ފަޅުފުންކޮށް ދިނުމުގެ މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.
މީދޫ ކައުންސިލަރުން މިނިސްޓަރާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެރަށު ގަބުރުސަތާުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ހައްލުކޮށްދިނުމަށް މިނިސްޓަރު އަރިހު ދަންނަވާފައެވެ.