29 Mar 2015, 07:42
އައިޖީއެމްއެޗް ކައިރިން ރޭ ދަންވަރު ވަޅިން ހަމަލާދިނުމުން ޒަޚަމްވި ޒުވާނާ މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 29 އަހަރުގެ މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރުވެފައި ވަނީ އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާދެމުންދަނިކޮށް، ރޭ މެންދަމު 3:30 އެހާކަންހާއިރު ކަމަށެވެ.
އޭނާއަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ ރޭ 1:30 އެހާކަންހާއިރު އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓު ކައިރީ ހުއްޓައި ސައިކަލެއްގައި ދިޔަ ބަޔަކު އެވެ.
އޭނާގެ ކަރަށާއި އަރިކައްޓަށް ތޫނުއެއްޗަކުން ވަނީ ހަމަލާދީފަ އެވެ. ހަމަލާދިނުމަށްފަހު ސައިކަލް ގައި ދިޔަ މީހުން ވަނީ ހަމަލާދިނުމަށް ބޭނުންކުރި ވަޅި އައިޖީއެމްއެޗް ކައިރިއަށް އެއްލާލާފަ އެވެ.