ޒަޚަމްތަކެއް ލިބިފައިހުރި މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޗާންދަނީ މަގު ޔޫރޯ ސްޓޯރު ކައިރިން ޒަޚަމްތަކެއް ލިބިފައިހުރި މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ މިރޭ 11:45 އެހާކަންހާއިރު ކަމަށެވެ.

އެ މީހާ އަކީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެއީ ކިހިނެތް ހިނގައިދިޔަ ކަމެއްތޯ ބަލަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ސަރަހައްދުގައި މިރޭ މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިވޭތޯ ދެންނެވުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

އެމީހާއަށް ލިބުނީ ކިހާވަރެއްގެ ޒަޚަމްތަކެއް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.