ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބ. ކެންދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ އުމްރާނީ ތަރައްގީއާ މެދު މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމާ މެދު ކުރެވުނު މަޝްވަރާތަކުގައި އެރަށުގެ ފަޅު ފުންކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބަޖެޓު ކުރެވިގެންދާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ބ. ކެންދޫއަށް ވަޑައިގެންފައި ވަނީ އެމަނިކުފާނު މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހައުސިން މިނިސްޓަރު ވަނީ ރ. ފައިނު އާއި ކިނޮޅަހާއި އިނގުރައިދޫ އާއި އުނގޫފާރާއި ރަސްމާދޫ އަދި އިންނަމާދޫ އަށް ޒިޔާރަތް ކުރައްވާފަ އެވެ.