ދ. ކަނޑިންމައިން އަށް އިއްޔެ ދިޔަ އެ އަތޮޅު ވާނީ ބަޔަކަށް ފެނިފައި ވަނީ ގޮވާތަކެތީ ތެރޭގައި ހިމެނޭ ބާވަތެއް ކަމަށްވާ ގްރެނައިޑެއް ކަމަށް ގައުމީ ދިފާއީ ބާރުން މިއަދު ކަށަވަރުކޮށްދެއްވައިފި އެވެ.

އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު ގްރޭޑް ދޭއް އަބުދުﷲ ސައީދު ވިދާޅުވީ އިއްޔެ ކަނޑިންމައިން ފެނުނު ބޮމެއް ކަމަށް ބެލެވުނު އެއްޗަކީ ގްރެނެއިޑެއް ކަމަށާއި މިހާރު އެ ގްރެނައިޑް ގައުމީ ދިފާއީ ބާރުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"އެރަށުން އަޅުގަނޑުމެންނަށް ފެނުނު އެއްޗަކީ މިފެންނަ ވައްތަރުގެ ގޮވާ ޒާތުގެ އެއްޗެއް. އޭތި މިހާރު އޮތީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. އެކަމަކު އަދި އޭގެ އިތުރު އެއްޗެއް އަދި ނުފެނޭ." އަބުދުﷲ ސައީދު ވިދާޅުވި އެވެ.

Listen!

އެކަން އިތުރަށް ތަހުގީގު ކުރުމަށް ރޭ ވަނީ ދިފާއީ ބާރުގެ ޚާއްސަ ޓީމެއް ކަނޑިންމަ އަށް ގޮސްފަ އެވެ.
އިއްޔެ ހަވީރު ގްރެނައިޑް ފެނުނު އެއަތޮޅު ވާނީ އަލީ މޫސާ 22، ބުނީ އިތުރު އެއްޗެއް އަދި މިހާތަނަށް ކަނޑިންމަ އިން ނުފެނު ނަމަ ވެސް ފަޅުރަށުން އަށް ގްރެނައިޑް ފެނުނު ކަމަށް ބުނާ އުމުރުން 22 އަހަރުގެ ހާޝިމް އަބްދުﷲ އަށް ގްރެނައިޑް ކުރިން ފެނިފައިވާ ކަމަށެވެ.

"އެއްޗެހި ތައް ހާޝިމް އަށް ފެނުނީމަ ފުރަތަމަ ބިރުން އެކަތި ބާއްވާފައި ދެން ހުރި އެއްޗެހިތައް އުކާލީ. އޭން ގަސްތަކުގެ ތެރޭގައި ބޭއްވި އެތި އަޅުގަނޑަށް ފެނުނީ. އެކަމަކު ހާޝިމް އުކާލި އެއްޗެހިތައް ނުވެއް ފެނުނު. އޭނަ އެބަ ބުނޭ ފެނިގެން ބިރުން އުކާލީ ކަމަށް." އަލީ މޫސަ ބުންޏެވެ.

އިއްޔެ ހަވީރު ކަނޑިންމައިން ގްރެނައިޑް ފެނުމާ ގުޅިގެން ވާނީ ރައްޔިތުން ވަނީ ހާސް ކަމެއްގެ ތެރޭ ގައެވެ.
އަލީ މޫސާއަށް ގްރެނައިޑް ފެނުނީ އޭނާއާ އިތުރު ބަޔަކު ކަނޑިންމަ ފަޅުތެރޭގައި ފީނަން އުޅެނިކޮށް ރައްޓެހި ކުއްޖަކު ބޮމެއް ކަހަލަ އެއްޗެހި ތަކެއް ކަންޑިމައިން ފެނުނު ކަމަށް ބުނުމުން އެކަން ޔަގީން ކުރަން ފަޅުރަށަށް އަރައިގެން އުޅެނިކޮށެވެ. އޭނާ ބުނީ އެއީ އާންމުކޮށް ޓީވީ ތަކުން ފެންނަ ބޮން ހުންނަ ވައްތަރަށް "ޖަންގަލް ގްރީން" ކުލައިގެ ވޯޓާޕްރޫފް ދަޅަކަށް ލާފައި އޮތް އެއްޗެއް ކަމަށާއި އޭނާގެ ލޮލުގައި އޭތި އަޅައިގަތީ ރަށުގެ ގަސްތަކުގެ ތެރެއިން ކަމަށެވެ.