އަލްޕްސް ފަރުބަދަ ޗޭނުގެ މައްޗަށް ވެއްޓުނު ޖަރަމަނުވިލާތުގެ މަތިންދާބޯޓް ވެއްޓުނު އިރު އެބޯޓްގެ އެއް ޕައިލޮޓް ހުރީ ކޮކްޕިޓަށް ނުވަދެވޭ ގޮތަށް ބަންދުވެފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޖާމަންވިންގްސް ގެ މަތިންދާބޯޓްގެ ކަޅުފޮށި ތަހުގީގު ކުރަމުން އަންނަ ޓީމްގައި ހިމެނޭ އަސްކަރީ އިސް އޮފިޝަލަކާ ހަވާކާދީ އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން ބުނީ ކޮކްޕިޓަށް ނުވަދެވުނު ޕައިލެޓް ދޮރުގައި ބާރަށް ތަޅަމުން ދިޔަ އަޑު (ކަޅުފޮށީގައިވާ ރެކޯޑިން އިން) އިވޭ ކަމަށެވެ. ނަމަވެސް ކޮކްޕިޓްތެރެއިން އޭނާއަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ވެސް އޮފިޝަލާ ހަވާލާދީ ނޫހުގައި ވެއެވެ.

ކޮކްޕިޓްގައި ތިބި ޕައިލޮޓުން ދޮރު ނުހުޅުވި ސަބަބަކާ ބެހޭ ގޮތުން އޭނާ ދެކެވަޑައިގަންނަވާ ގޮތެއް އޮފިޝަލް ވިދާޅުވެފައެއް ނުވެއެވެ.

ޖާރމަންވިގްސްގެ 4U-9525 މަތިންދާބޯޓްް އަންގާރަ ދުވަހު ވެއްޓުނީ ސްޕެއިންގެ ބާސެލޯނާ އިން ޑުސެލްޑޯފަށް ދަތުކުރަނިކޮށެވެ. އެއީ އެއާބަސް އޭ 320 މަރުކާގެ ބޯޓެކެވެ. އެބޯޓުން ދަތުރުކުރި 150 މީހުންް ވަނީ އެހާދިސާގައި މަރުވެފައެވެ.