ބޭންކުން ފައިސާ ނަގައިގެން ދިޔަ މީހެއްގެ އަތުން 175000 ރުފިޔާ އާއި 5300 ޑޮލަރާ އެކު ޖުމްލަ 243000 ރުފިޔާ ފޭރިގެންފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 11:45 އެހާކަންހާއިރު، ބިދޭސީއަކު އެޗްއެސްބީސީން 175000ރ. އާއި 5300 ޑޮލަރު (68،105ރ.) ނަގައިގެން ދަނިކޮށް މެހެލިގޯޅި ތެރެއިން ސައިލްގައި ދިޔަ ދެ މީހަކު އެ ފައިސާތައް ޖަހައިގެންފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ފައިސާތައް ޖަހައިގަން އިރު އެ ބިދޭސީ މީހާއަށް އެއްވެސް ގެއްލުމެއް އަނި އަނިޔާއެއްކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބޭންކުން ފައިސާ ނަގައިގެން ދިޔަ ބިދޭސީ މީހާއަކީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމެއް އަދި ޖަހައިގަން ފައިސާ އަކީ ކޮން ކުންފުންޏެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.