Last Updated:
1 decade 8 month ago

ހިސްޓޯ އަނެއްކާވެސް ޕީޕީއެމަށް ސޮއި ކުރައްވައިފި

    ބުލޮގު ޚުލާސާ

    ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ޕީޕީއެމަށް އަނެއްކާވެސް ސޮއިކުރައްވައިފި އެވެ.

    ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހިސްޓޯ ސަރުކާރު ހިންގާ ޕީޕީއެމަށް މިއަދު ސޮއި ކުރެއްވީ މުލިއާގޭގައި ރައީސް އަބްދުﷲ ޔާމީނާއެކު ބޭއްވި ހަފްލާއެއްގަ އެވެ. އޭނާ ވަނީ ޕީޕީއެމަށް ސޮއި ކުރެއްވުމަށްފަހު މެމްބާޝިޕް ފޯމް ރައީސް ޔާމީނާ ހަވާލު ކުރައްވާފަ އެވެ.

    އެމްޑީޕީގެ ޓިކެޓުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެޑައިގެންނެވި ހިސްޓޯ ޕީޕީއެމަށްއެންމެ ފުރަތަމަ ސޮއި ކުރެއްވީ މެއި 5، 2012 ގަ އެވެ. ޕީޕީއެމުން ވަކިވެވަޑައިގެން ޖޭޕީއަށް ސޮއި ކުރެއްވީ ޖުލައި 28، 2013 ގަ އެވެ.