25 Mar 2015, 13:04
ހދ. ކުޅުދުއްފުށީ އާއިލާއެއް ދަތުރުގޮސް އުޅެނިކޮށް، ގެނބިގެން ކުޑަކުއްޖަކު މަރުވެއްޖެ އެވެ.
މޫދަށް ގެނބިގެން މަރުވެފައި ވަނީ ކުޅުދުއްފުށީ، ސަނދުބަރަކާގެ، ފުއާދު އަލީ، 14، އެވެ.
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވާ އެ ކުއްޖާ މަރުވެފައިވާކަން އެ ރަށު ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އާއިލާއާ އެކު ފުއާދު އަލީ ދަތުރުގޮސްފައި ވަނީ ކުޅުދުއްފުށީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކުނބުރުދޫއަށެވެ. އެ ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ ކުޅުދުއްފުށީ ހޮސްޕިޓަލުގަ އެވެ.