ހދ. ކުމުންދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަލީ އަންވަރު "ސަން"އަށް މިއަދު ވިދާޅުވީ އެ ރަށު އުތުރު ފަރާތު ގޮނޑުދޮށުން ފެނިފައި ވަނީ އިންސާނެއްގެ ކަކުލާއި އުނަގަނޑާ ދެމެދުގެ ކަށިތަކެއް ކަމަށެވެ.

"ކަކުލާއި އުނަގަނޑާ ދެމެދުގެ ކަށިގަނޑެއް އެއީ، ކޮންމެވެސް ވަރަކަށް ހަންވެސް އެބަހުރި. އަނެއްހެން އެއްވެސް ކުނި ވަހެއް ނުދުވާ،" އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށަށް ފުލުހުން އައިސް މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައި ރާއްޖޭގެ ގޮނޑުދޮށްތަކަށް ތަފާތު އެއްޗެހި ލައްގަ އެވެ.